ފަރުޖަކީ ބޭރަށް ފެންނަން އިންނަ އަންހެނާގެ ޖިންސީ ގުނަވަނެވެ.ނުވަތަ އަންހެނާގެ ޖިންސީ ގުނަވަން ބޭރަށް ހުޅުވިފައި ތަނެވެ. އާންމު ގޮތެއްގައި ފަރުޖޭ ބުނުމުން މީހުން މާނަ ކުރަނީ އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އަންހެނާގެ ޖިންސީ ގުނަވަނަކީ އެތެރެއިން ލެވިފައިވާ ނުވަތަ އެތެރޭގައިވާ ބައެކެވެ. އަދި ފަރުޖަކީ ހަށިގަނޑުން ބޭރުގައި ފެންނަ އިންނަ ޖިންސީ ގުނަވަނުގެ ނުވަތަ ނަސްލު އުފައްދާ ނިޒާމްގެ ބައެކެވެ.

ފަރުޖު ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަރުޖު ހިމެނޭ ހިސާބުގައި ޖަމާވެފައިވާ ފެޓް އެކުލެވޭ ޓިޝޫތައް، ނުވަތަ ފެޓް ބޮޑިވަރު، ބޮޑު ދެތުންފަތް، ކުޑަ ދެތުންފަތް، ކުޑަކަމުދާ ހޮޅީގެ ލޯވަޅު، ޖިންސީ ގުޅުން ހިންގާ ލޯވަޅު، ބިކުރުގެ ދުލިފަށް އަދި ފަރުޖާއި ފުރަގަސް ފަރާތު ދޮރާއި ދެމެދުގައިވާ ހިސާބު ހިމެނެއެވެ.

  NODES
Note 1