ސެލެނިއަމް
ސެލެނިއަމް(އިނގިރޭސި ބަހުން: selenium) އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓެއްކަމަށް ހޯދުނީ 1960ގެ އަހަރު ތަކުގެ ތެރޭގައެވެ. ބޮޑުމީހެއްގެ ހަށިގަނޑުގައި 20 މިލިގްރާމް ގެ ސެލެނިއަމް ހުރެއެވެ. އެންމެ ގިނައިން ހުންނަނީ ގުރުދާ، ފުރަމޭ، ހިތް އަދި ދެ އޮށް ގައެވެ. ސެލެނިއަމް އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަ ކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ ހޯރމޯން އުފެއްދުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. މިމައުދަންގެ ސަބަބުން ހިތުގެ ބަލިތަކާއި، ކެންސަރު، އަދި ރާއްޖެ ބަލި ފަދަ ބަލިތަކުން ދިފާޢުކޮށްދެއެވެ. ސެލެނިއަމް ލިބޭ ކާނާގެ ތެރޭގައި ކަނޑުފަޅުގައި އުޅޭ ބާވަތްތަކާއި، ގެރިބަކަރީގެ އެތެރޭގެ ގުނަވަންތައް، ހިމެނެއެވެ. ސެލެނިއަމް މަދުވުމުން ކެންސަރު، ހިތުގެ ބަލިތައް ޖެހުން އަދި ކުއްޖާގެ އުފެދުމުގައި ޢައިބުވުން ހިމެނެއެވެ. ސެލެނިއަމް ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އަކީ ފިރިހެނުންނަށް 70 މައިކްރޯގްރާމް، އަދި އަންހެނުންނަށް 50 މައިކްރޯގްރާމް އެވެ. ސެލެނިއަމް މާގިނަވެއްޖެނަމަ، އިސްތަށި ފައިބާ، ނިޔަފަތި ހަލާކުވުން ފަދަ ކަންތައް ދިމާވުން ހިމެނެއެވެ. އަނގައިން ވަސް ދުވުމާއި، ނާރުތަކުގެ މައްސަލަ ޖެހުމަކީ ވެސް ސެލެނިއަމް ގިނަވުމުން ދިމާވާ ކަމެކެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003